އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތި
ކަސްޓަމްސް ބޮންޑް
ކަސްޓަމްސް ބޮންޑް
ކޫރިއަރ މަގުން ރާއްޖެ އެތެރެކުރެވޭ ޕާރްސަލް ފަދަ ތަކެތީގެ ތެރެއިން ޕޯސްޓް މެދުވެރިކޮން ރާއްޖެއަައުމުން އެފަދަ ޕާރްސަލް އެކްސް ރޭ ސްކޫރީންކޮން އެޕާރްޝަލްގައި ހިމެނޭ ތަކެތީގެ އަދަދު ދެނެގަނެ އަދި އެތަކެތީގެ ވެލިއުއަށް ބަލައި އަދި އެޕާރްސަލްގައި ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި ނުވަތަ ޙާއްސަ ހުއްދައަކާއެކު މެނުވީ އެތެރެ ނުކުރެވޭނެ ތަކެތި ހުރިތޯ ސުވާލު އުފެދޭނަމަ އެފަދަ ޕާރްސަލް ޕޯސްޓް މެދުވެރިއެއެްގެ ޙާޒިރުގައި ބަލާފާސްކުރެވޭނެއެވެ.
ޤާނޫނު ނަމްބަރު 31/79 ( ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހުރިއްޔާއަށް ލިބިޑީފައިވާ އިމްތިޔާޒުގެ ދަށުން އަމިއްލަ ފަރާތުން ކުދިކުދި ބޭނުމަށް ކޫރިއަރ މެދުވެރިކޮން އެތެރެކުރެވޭ ޕާރްޝަލްގައިވާ މުދަލުގެ އެފް.އޯ.ބީ އަގު 10,000 (ދިހަހާސް) ރުފިޔާގެ މިންވަރު ހަމަނުވާ މުދަލަށް ޑިއުޓީ މާފް ކުރެވޭނެއެވެ.
އަމިއްލަ ބޭނުމަށް އެތެރެކުރެވޭ މުދަ ހުންނަންވާނީ އެއެތެރެކުރެވޭފަރާތެއްގެ އަމިއްލަ ނަމުގައެވެ. އެނޫން ނަމެއްގައި ހުންނަ މުދަލެއްނަމަ އެމުދާ ބެލެވޭނީ އެއީ ވިޔަފާރި މުދަލެއްގެ ގޮތުގައެވެ. އަދި އެމުދަލަށް އާއްމު އުޞޫލުން ޑިކްލަރޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ޖެހޭނެއެވެ.
ކޫރިއަރ މެދުވެރިކޮން އިސްވެ ދެންނެވުނު ޑިއުޓީ އިނާޔަތް ލިބިދީފައިވާ މުދާ އެޕާރްޝަލް އެޑެރެސްކުރެވިފައިވާ ޕޯސްޓަލް އޮފީހަކަށް މޯލްޑިވްސް ޕޮސްޓް ލިމިޓެޑުގެ ފަރާތުން ހަވާލުކުރެވޭނެއެވެ.
ކޫރިއަރ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން އެމުދަލުގެ ކްއަންޓިޓީ ގިނަކަމަށް ކަސްޓަމްސްއަށް ފެންނަ ޙަލަތްތަކުގައި އެމުދަލަކީ 10,000 (ދިހަހާސް) ރުފިޔާގެ މިންވަރު ތެރޭގައި ހިމެނޭ މުދަލެއްނަމަވެސް އެމުދަލަށް ޑިކްލަރޭޝަން ފޯމް ފުރުވައި 10,000 (ދިހަހާސް) ރުފިޔާގެ އިނާޔަތް ކަނޑާލައި އެމުދާ ވިޔަފާރި މުދަލެއްގެ ގޮތުގައި ބެލޭނެއެވެ.
ކޫރިއަ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން އަމިއްލަ ކުދިކުދި ބޭނުމަށް އެތެރެކުރެވޭ ނުދަލުގެ އެފް.އޯ.ބީ އަގު 10,000 (ދިހަހާސް) މިންވަރަށް ވުރެ ބޮޑުވާނަމަ މުދާ އެތެރެކުރި ފަރާތުން އެމުދަލަށް ޑިކްލަރޭޝަން ފޯމެއް ފުރަށް ޖެހޭނެއެވެ އަދި އެހާލަތުގައި އެމުދަލުގެ ޑިއުޓިން 10,000 (ދިހަހާސް) ރުފިޔާގެ މިންވަރު އުނިކުރެވޭނެއެވެ.
ކޫރިއަ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން ޑިކްލަރޭޝަން ފޯމް ފުރަށް ޖެހޭ ޙާލަތްތަކުގައި އމަލަު ކުރާނީ އާއްމުކޮން ޑިކްލަރޭޝަން ޕްރޮސެސްގައި އަމަލު ކުރާ ގޮތަށެވެ. ނަމަވެސް ކޮމަރޝަލް އިންވޮއިސްއެއް ނެތް ޙާލަތެއްގައި ކްރޫ އެންޑް ޕަސަންޖަރ ވެލްއޭޝަން ފޯމެއް ފްރައި މުދަލުގެ އަގު ކަނޑައެޅުމުގެ ފުރުސަތު ދެވޭނެއެވެ.
ކޫރިއަ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން ކަސްޓަމްސްއިން އެކްސް ރޭ ސްކޭން ކުރުމަށްފަހު އިތުރަށް ބެލުމަށްފަހު ދޫކުރަށް ކަނދައަޅާ ޕާރްސަލްގެ މައްލޫމާތް އެ ޕާރްސަލްގެ ވެރިފަރާތަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން އަންގައި އެފަރާތަށް ޕޯސްޓް ރިސިޕްޓް ހަވާލު ކުރެވޭނެއެވެ. އަދި އެފަދަ ޕާރްސަލް ތެރޭގައި ހިމެނޭ ޑިއުޓީ ދެއްކުމަށް ކަސްޓަމްސްއިން ކަނޑައަޅާ ޕާރްޝަލްއަށް ޑިކްލަރޭޝަން ފުރިހަމަ ކުރުމުން އެފަދަ ޕާރްސަލް ދޫކުރެވޭނެއެވެ.
އިސްވެ ދެންނެވުނު ޙަލަތްތަކުގައި ޟޮލްޑިވްސް ޕޯސްޓް ލިމިޓެޑް އަށް އަދި ޕާ÷ާރްޝަލްގެ ވެރިފަރާތުން އައްޔަނު ކުރާ ބްރޯކަރަކަށް އެޕާރްސަލްގެ ޑިކްލަރޭޝަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.
ނޯޓް: ކޫރިއަމަގުން ރާއްޖެ އެތެރެކުރެވޭ ޕާރްސަލް ފަދަ ތަކެތީގެ ތެރެއިން ޕޯސްޓް މެދުވެރިކޮން ރާއްޖެއަައުމުން އެފަދަ ޕާރްސަލް އެޑްރެސްކުރެވިފައިވާ ފަރާތަށް ހަވާލުކުރުމަކީ މޯލްޑިވްސް ޕޯސްޓް ލިމިތެޑުގެ ޒިއްމާއެކެވެ.